މަސައްކަތް
ނަންބަރު: (IUL)438-ED/438/2020/78
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 18 މާރިޗު 2020 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކުގެ ހާލަތު ދެނެގަތުން

ޖަޕާން ސަރުކާރުގެ އެހީގައި ގާއިމުކޮށްފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ސިސްޓަމްތަކަށް ދިމާވެފައިވާ މަސައްލަތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށާއި، އެ ސިސްޓަމްތަކުން އުފައްދާ ކަރަންޓު ގްރިޑަށް ފީޑްކުރުމަށް ކުރަންޖެހޭކަންކަމާއި އެކަމަށް ހިނގާނެ ޚަރަދުގެ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ "މަޢުލޫމާތު ޝީޓު" ގައިވާ ޝަރުތުތައް ސާބިތުވާނެ ފަދަ މައުލޫމާތު ހުށަހަޅަން ވާނެއެވެ. އަދި މި މަސައްކަތުގެ "މަޢުލޫމާތު ޝީޓު" މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 18 މާރިޗު 2020  ވާ ބުދަ ދުވަހު 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަހެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 16 މާރިޗު 2020  ވާ ހޯމަ ދުވަހު 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ:[email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫޢުގެ ނަން: މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކުގެ ހާލަތު ދެނެގަތުން

އިޢުލާނު ނަންބަރު: IUL)438-ED/438/2020/78)

  ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

10 މާރިޗު 2020