މަސައްކަތް
ނަންބަރު: (IUL)30-C/30/2019/49
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 1245
ސުންގަޑި: 17 މާރިޗު 2020 1000
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

މިމިނިސްޓްރީގެ ބޭނުމަށް މިއިއުލާނާއި އެކު ހިމެނިފައިވާ ލިސްޓްގައިވާ ތަކެތި ގަނެ ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު  (IUL)30-C/30/2020/32 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ، މިއިއުލާން ބާތިލްކުރެވި އަދި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 މާރޗް 17 ވާ އަންގާރ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

އަގު ހުށަހަޅަންވީ ގޮތުގެ ތަފްސީލް:

  • އަގު ހުށަހަޅާނީ ކޮންމެ އައިޓަމަކަށް ޖެހޭ އަގު ވަކިން އެނގޭ ގޮތަށް އިޢުލާނާ އެކު ހިމެނިފައިވާ ޝީޓާ އެކުއެވެ.
  • މަސައްކަތުގެ މުއްދަތު: މަސައްކަތް ޙަވާލުކުރާ ތާރީޚުން ފެށިގެން އައިޓަމް ލިސްޓްގައި ހިމެނިފައިވާ މުއްދަތަށެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނެ ގޮތް

 

  • އަގަށް 80 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 80 )
  • ތަޖުރިބާއަށް 20 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. މިފަދަ ގުޅުންހުރި 10 މަސައްކަތް ނިންމާފައިވާ ފަރާތްތަކަށް 20 މާރކްސް ލިބޭނެއެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ބޮޑު ކުޑަމިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
  • ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ އެސް.އެމް.އީ. ސެޓްފިކެޓް ކޮޕީ
  • ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
  • އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.
  • އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

 

މަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ 3339232، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިލައްވާނެއެވެ.

2020-03-10