ދިވެހިރާއްޖެ
އުތީމު ބަންޑާރައިން މިސްކިތުގައި އަމިއްލަ ތަކެތީގައި ކާރޕެޓް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގައި ބައެއް މަޢުލޫމާތުތަށް ފުރިހަމަ ނުވާތީ މިއިދާރާގެ ނަމްބަރު (IUL)255/255/2020/11 (25 ފެބުރުއަރީ 2020) އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
17 މާރިޗް 2020 (އަންގާރަ) / ގަޑި 13:30 |
19 މާރޗް 2020 (ބުރާސްފަތި) / ގަޑި 13:30 |
އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު، ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނޭފަދަ ސިޓީއެއް އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު، ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.