ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2020/8
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 17 މާރިޗު 2020 12:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސޯޝަލް މީޑިއާ ކޯޑިނޭޓަރ

                                       މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                                              އިޢުލާން ނަންބަރު:IUL)MMPRC-HR/1/2020/8)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ސޯޝަލް މީޑިއާ ކޯޑިނޭޓަރ

މުސާރަ (މަހަކު):-/7,080 ރުފިޔާ 

ސަރވިސް އެލަވަންސް(މަހަކު):-/2،360 ރުފިޔާ

ޑެއިލީ އެލަވަންސް(މަހަކު):-/2،360 ރުފިޔާ 

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން.

ޑިޕާރޓްމަންޓް/ސެކްޝަން:ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން 

ށ. ފޮޓޯ، ވީޑިއޯ، އަދި ލިޔުން ފަދަ ތަކެތި އެޑިޓްކުރުމާއި ހުށަހެޅުމުގެ ހުނަރު ހުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މި ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ ޕްރޮފައިލްތައް ބެލެހެއްޓުމާއި އެ ޕްރޮފައިލްތަކަށް ޒިޔާރަތްކުރާ މީހުންގެ މަޢުލޫމާތު ރިޕޯޓްކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި މަޢުލޫމާތު ވެބްސައިޓަށް އަދި ސޯޝިއަލް ނެޓްވޯކަށް އަޕްލޯޑް ކުރުން. 

- މިކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތަކީ ސައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް އެމަޢުލޫމާތު އަޕްޑޭޓް ކުރުން.

- މާކެޓިންގ ޕްލޭން އަދި ކޯޕަރޭޝަންގެ އަހަރީ ބަޖެޓް ނިންމުމަށްޓަކައި ސެކްޝަނުގެ މަސައްކަތްތައް ނިންމުމަށް ސެކްޝަނުގެ އިސްވެރިޔާއަށް އެހީތެރިވެދިނުން.

- ސޯޝަލް މީޑިއާ ކެމްޕެއިންތައް ކާމިޔާބު ކުރުމަށާއި އިތުރު ފުރުސަތުތައް ހޯދުމަށް ދިރަސާތައް ރާވައި ހިންގުން.

- އިންޑަސްޓްރީގެ އެހެން ފަރާތްތަކާއި ގުޅިގެން ޖޮއިންޓް މާކެޓިންގ ކެމްޕެއިންތައް ތައްޔާރުކުރުން.

- މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިމާވާ މައްސަލަތައް ދިރާސާކޮށް ރިޕޯޓްތައް ތައްޔާރު ކުރުން.

- މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

- ސެކްޝަނުގެ ސިޓީ،  ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

- ވަޒީފާ ބަޔާނުގައި ހިމެނޭކަންތައްތަކާއި ވާޒީފާގެ ދާއިރާގައި ހިމެނޭ އެހެނިހެން ކަންތައްތައް ކުރުމުގައި އެހީތެރިވުން އަދި މިކޯޕަރޭޝަނުން ހަވާލުކުރާ ކުންފުނީގެ ޚިދުމަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  17 މާރިޗް 2020 ވާ އަންގާރ ދުވަހުގެ 12:00ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް

:ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

:އިތުރު މަޢްލޫމާތު

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ އެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން. 

10 މާރިޗު 2020