ދިވެހިރާއްޖެ
ނަންބަރު: (IUL)307/INDIV/2020/21
އިޢުލާން
ހުކުރު މިސްކިތުގައި ހުރި ބައެއް ތަކެތި މަރާމާތުކޮށްދޭނެފަރާތެއް ހޯދުމާއިގުޅޭ
މިރަށު ހުކުރު މިސްކިތުގައި ހުރި އޭސީ، ފެންމޯޓަރު އަދި ލައިޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރޗް 17 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އެތަކެތި މަރާމާތުކޮށްދިނުމަށް ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2020 މާރޗް 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައެވެ. ޕްރޮޕޯސަލްތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި ޕްރޮޕޯސަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯސަލް ބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ޕްރޮޕޯސަލެއްނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ރަޖަބު 1441
08 މާރޗް 2020