ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2020/36
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 23 މާރިޗު 2020 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ މާލިއްޔަތުގައި ހުރި ރުއްގަސް ކުއްޔަށް ދޫކުރުން

ކައުންސިލްގެ މާލިއްޔަތުގައި ހުރި ރުއްތަކުގެ ތެރެއިން  2019 ވަނަ އަހަރުގެ ނިޔަލަށް ހުރި ފޯދުނު 314 (ތިންސަތޭކަ ސާދަ) ރުކާއި ފޯދުނު 3 (ތިނެއް) ބަނބުކެޔޮގަސް، 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް، 5 ފެބުރުވަރީ  2020 ގައި ކުރި، ނަމްބަރު: (IUL)374-C/374/2020/15 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރުއްގަސް ކުއްޔަށް ހިފުމަށް އެދިވަޑައިގެންފައި ނުވާތީ މަހަކު 2,000/- (ދެހާސް) ރުފިޔާ އަށް ވުރެ ކުޑަނޫން އަގަކަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާނުކުރަމެވެ.

      ކައުންސިލްގެ މާލިއްޔަތުގައި ހުރި ރުއްގަސް ހުރި ތަންތަން ބައްލަވަން ބޭނުންފުޅުވާ ބޭފުޅުން 2020 މާރިޗް 9 (ނުވައެއް) ވަނަ ދުވަހުން ފެށިގެން 2020 މާރިޗް 20 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 12:00 އާދެމެދު، ރުއްގަސް ހުރި ތަންތަން ދެއްކުމާއި މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނެއެވެ.

ވީމާ، ކައުންސިލްގެ މާލިއްޔަތު ރުއްގަސް ކުއްޔަށް ހިފަން ބޭނުންފުޅުވާ ބޭފުޅުން، " ކައުންސިލްގެ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 މާރިޗް  23 ވާ ހޯމަ  ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަސް ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

13  ރަޖަބު    1441

8  މާރިޗް   2020

08 މާރިޗު 2020