ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ފައިބަރ އޮޕްޓިކް ކޭބަލް ނެޓްވޯކެއް ޤާއިމުކުރުމަށް ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު: 4 / 2020 / އައި.ޔޫ / ޓީ - 57 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުމަށް ނަންނޯޓް ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް، އަންދާސީ ހިސާބު ހުށަހަޅާފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މި އިޢުލާނާ ގުޅޭ މުޙިއްމު ސުންގަޑިތައް:
ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން |
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރިސެޕްޝަން |
16 މާރިޗު 2020 އިން 22 މާރިޗް 2020 އަށް ކޮންމެ ދުވަހަކު (09:30 އިން 13:00އަށް) |
ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ސައިޓް ސާރވޭ ކުރުމަށް އަންނަންޖެހޭ ދުވަސް (ލާޒިމް) |
ރައްޔިތުންގެ މަޖިލީހުގެ އިދާރާ |
23 މާރިޗް 2020 ވާ ހޯމަ ދުވަހު 14:00 އަށް |
ބީލަމާ ގުޅިގެން ސާފުކުރަންޖެހޭ މާއުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުއްވުން |
25 މާރިޗް 2020 ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން |
|
ބިޑް ހުށަހެޅުން |
ރައްޔިތުންގެ މަޖިލީހުގެ އިދާރާ |
29 މާރިޗް 2020 ވާ އާދީއްތަ ދުވަހު 11:15 އަށް |