ދިވެހިރާއްޖެ
މ. މުލަކު ބަނދަރު އިރުމަތީކޮޅުން އައިސްޕްލާންޓާއި އިންވެގެން މަސްފެކްޓަރީ ހިންގުމުގެ މަސައްކަތަށް، 01 ( އެކެއް ) ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިކަމަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 މަލޫމާތު ސާފުކުރުން  | 
 17 މާރިޗް 2020  | 
 އަންގާރަ  | 
 10:00  | 
| 
 ބިޑު ހުށަހެޅުން  | 
 24 މާރިޗް 2020  | 
 އަންގާރަ  | 
 10:00  | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމަކުން މި އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.