މަސައްކަތް
ނަންބަރު: (IUL)393/393/2020/08
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 23 މާރިޗު 2020 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ކިނބިދޫ ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2020 ވަނަ އަހަރަށް ކިނބިދޫ ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

            ކޮންޓްރެކްޓް އުޞޫލުން ކިނބިދޫ ކުނިގޮނޑު ސަރަހައްދު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

  މަސައްކަތާއިބެހޭ މަޢުލޫމާތު:

            1- ކުރަންޖެހޭ މަސައްކަތްތަކަކީ ރަށުގައި އުފެދޭ ހުރިހާ ކުންޏެއް އަޅައި ނައްތާލުމަށް ހަދާފައިވާ ކުނިގޮނޑަށް ގެންނަ ކުނިތައް އެކިބާވަތްތައް ވަކިވަކިކޮށް އަނދާ ކަހަލަ ތަކެތި އަންދައި އެނޫން ތަކެތި މަދިރި ނުއުފެދޭނެ ގޮތަކަށް އެއްތަނަކަށް ޖަމާކޮށް ގޮނޑު މެނޭޖްކޮށް ގޮނޑުގެ ސަރަހައްދު ބެލެހެއްޓުން

            2- ގޮނޑުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 5 ދުވަހު ދުވާލަކު 7 ގަޑިއިރުއެވެ.

            3- މިމަސައްކަތުގެ އަގެއްގެ ގޮތުގައި މަހަކަށް ހުށަހަޅުއްވާ އަގު -/5000 ރުފިޔާއަށްވުރެ ކުޑަވެގެން ނުވާނެއެވެ. އަދި -/5500 ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

            4- މިމަސައްކަތަށް ކުރިމަތިލައްވާފަރާތަކީ ޢުމުރުން 18 އަހަރު ފުރި 60 އަހަރު ނުފުރޭ މީހުން ކަމުގައިވާންވާނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތަކީ ވަޒީފާއެއްގައި އުޅޭ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

            5- މިމަސައްކަތަށް ކުރިމަތިލާ ފަރާތަކީ ކިނބިދޫގެ ރަށްވެއްސަކަށް ވާންޖެހޭނެއެވެ.

            6- މިމަސައްކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ އުޞޫލާ އެއްގޮތަށް މަސައްކަތް ކުރުމުގައި، އެމީހަކު ޢަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމުން އެޕްލޭނުގައިވާ ކަންތައްތަކާއި، މިބާވަތުގެ މަސައްކަތާބެހޭ ތަޖުރިބާއާއި ހުށަހަޅުއްވާ އަގަށް ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

            ވީމާ، މި މަސައްކަތާބެހޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް ދޫކުރުން  މިއަދުން ފެށިގެން 18 މާރިޗް 2020 ވާ ބުދަދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގައި އޮންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 18 މާރޗް 2020 ވާ ބުދަ  ދުވަހުގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 މާރޗް 2020 ވާ ހޯމަ ދުވަހުގެ މެންދުރު ކުރީ 11:00 ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައި  މި އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބަދަލުގައި އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ އެފަރާތެއްގެ ސިޓީއާޢި އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.  

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  14 ރަޖަބް   1441

                  09 މާރިޗް   2020

09 މާރިޗު 2020