ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2020/8
އިޢުލާން |
ގދ.ވާދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން
މިކައުންސިލުން ދައްކާ ކުރެހުމާއެއްގޮތަށް މިރަށު ބަނދަރު ސަރަޙައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމަށް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ:(IUL)421/421/2020/4( 29 ޖެނުއަރީ 2020 ) އިޢުލާނާ ގުޅިގެން އެމަސައްކަތަށް އިތުރު ބަދަލުތަކެއް ގެންނަންބޭނުންވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.
ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން |
17 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
24 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
15 ރަޖަބް 1441
09 މާރޗް 2020
މުޙައްމަދު ވަޙީދު
ކައުންސިލްގެ ރައީސް