ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިހޮސްޕިޓަލުގެ ވަށާފާރުން ވެއްޓިފައިވާ ބައި އަމިއްލަތަކެތީގައި ރާނާ ސިމެންތިޖަހާ އެފާރު މަރާމާތު ކޮށްދޭނެ ފަރާތެއްހޯދުމަށް މިހޮސްޕިޓަލުން ކުރި ނަންބަރު:(IUL)NAH/NAH/2020/2 (01 މާރިޗް 2020 ) އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ ދެފަރާތުން ކަމަށްވާތީ އެއިލާން ބާތިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިހޮސްޕިޓަލުން ދޭ މައުލޫމާތާ އެއްގޮތަށް އެފާރުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 18 މާރިޗު 2020 ވާ ބުދަދުވަހުގެ 10.00 އަށް މިހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.