ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2020/33 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-09-20) PSM-GA /2020/60 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖެތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ޅ.ހިންނަވަރު، ށ.މާއުނގޫދޫ، ކ.ގުޅީ އިން ޕީއެސްއެމްއަށް ލިބިފައިވާ ބިމުގައި ޓޮޕޮގްރެފިކް ސަރވޭ ހެދުމާއި ބޯހޯލް ތޮރުފުމާއި، އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 11 މާރޗް 2020 ވާ ބުދަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 މާރޗް 2020 ވާ ބުދަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
10 ރަޖަބު 1441
05 މާރޗް 2020