ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-51-Dpt-101/INDIV/2020/11
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 16 މާރިޗު 2020 13:30
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދަނާލުގައި ބޭނުން ކުރުމަށް ފަރނީޗަރާއި މެޝިނަރީޒް ހޯދުމުގެ މަސައްކަތް

ދަނާލުގައި ބޭނުންކުރުމަށް ފަރނީޗަރާއި މެޝިނަރީޒް ހޯދުން

  1. މަދްރަސަތުލް އިފްތިތާހުގެ ބެލުމުގެދަށުން ހިންގަމުންދާ ދަނާލުގައި ބޭނުން ކުރުމަށް ފަރނީޗަރާއި މެޝިނަރީޒް ހޯދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރޗް 05 ން 10 މާރޗް 2020 ށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް މިމަދްރަސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރޗް 10 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރޗް 10 ވާ އަންގާރަ ދުވަހުގެ 13:30 ގައި  މިމަދްރަސާގެ މީޓިންގރޫމްގައެވެ.
  5. ބީލަންތައް ފޮނުވާނީ 16 މާރޗް 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިމަދްރަސާއަށެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 2020 މާރޗް 16 ވާ ހޯމަ ދުވަހުގެ 13:30 ގައި މިމަދްރަސާގެ މީޓިންގރޫމްގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ·       މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
  • ·        ފޯން: 6620288،6620291

އީމެއިލް: [email protected]

05 މާރިޗު 2020