ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2020/13
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 22 މާރިޗު 2020 10:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ

މިއިދާރާގެ  ނަންބަރު (IUL)259/2020/7 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު  އަމިއްލަ ފަރާތްތަކަށާއި ކުލަބު، ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް އޮތް ވާހަކަ ދަންނަވަމެވެ.

                  ވީމާ މިކަމަށް އެދޭފަރާތް ތަކުން 2020 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 10:00

ގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 10:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ.

                  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް އެހެން ފަރާތެއް ފޮނުވާނަމަ، ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ހދ ފިނޭ ކައުންސިލު އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

                    އަދި ދަންނަވަމެވެ. މިކަމަށް އެދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނެތްވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.

                   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

08 މާރިޗު 2020