ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FCD/2020/07
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 14 މާރިޗު 2020 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޚިދުމަތްތައް

ނޫސްބަޔާން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޚިދުމަތްތައް "ދިރިތި" ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދިއުމާއި ގުޅޭ

 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އާންމު ޚިދުމަތްތައް މިހާރު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިއޮތޯރިޓީގެ ޕޯރޓަލް "ދިރިތި" މެދުވެރިކޮށެވެ. އެހެންކަމުން 15 މާރިޗު 2020އިން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ މިއޮތޯރިޓީގެ ޚިދުމަތްތައް ލިބިވަޑައިގަންނަވާނީ ހަމައެކަނި "ދިރިތި ޕޯރޓަލް" މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

  1. ކާބޯތަކެތީ އުފައްދާ ތަންތަންނަށް ދޫކުރާ ހުއްދަ
  2. އައިސް ޕްލާންޓުގެ ހުއްދަ
  3. އެކްސްޕޯޓު ކުރުމަށްޓަކައި މަސްވެރިކަން ކުރާ އަޅަނދުފަހަރުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓް
  4. ޓްރާންސްޕޯޓް އެންޑް ސްޓޯރޭޖް ވެސެލްސް ފޮ ފިޝް އެންޑް ފިޝަރީ ޕްރޮޑަކްޓްސްއަށް ދޫކުރާ ސާފުތާހިރުމަކުގެ ސެޓްފިކެޓް
  5. ބޯފެން އުފުލާ އުޅަނދުފަހަރުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓް
  6. ކާބޯތަކެތީގެ އިޝްތިހާރު ފާސްކުރުން
  7. ފުޑް ސަޕްލިމެންޓް ރަޖިސްޓްރީކުރުން
  8. ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ކުރުން
  9. ކާބޯތަކެތި އިމްޕޯޓުކުރާ ފަރާތްތައް ރަޖިސްޓްރީކުރުން

މި ޕޯރޓަލް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް "ދިރިތި ޕޯރޓަލް ޔޫސަރ ރެޖިސްޓްރޭޝަން" ފޯމު ފުރިހަމަ ކުރުމަށްފަހު މި އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް www.health.gov.mv  އަދި މި އޮތޯރިޓީން ލިބެން ހުންނާނެއެވެ. ވީމާ، މި އޮތޯރިޓީން ޚިދުމަތް ހޯދަމުންދާ ފާރާތްތަކުން މިކަމަށް ސަމާލުވުމަން ދަންނަވަމެވެ.

އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ނަމަ މި އޮތޯރިޓީގެ ނަންބަރު 3014316  ނުވަތަ  އޮފީސް ބަންދު ގަޑީގައި ނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

08 މާރިޗު 2020