މަސައްކަތް
ނަންބަރު: (IUL)13-K/13/2020/79
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 17:05
ސުންގަޑި: 14 މޭ 2020 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ.ތިނަދޫ، ބ.އޭދަފުށި އަދި ޅ.ހިންނަވަރުގައި ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

 

   ޕްރީކޮލިފައިވުމަށް ހުށަހެޅުމުގެ ދަޢުވަތު   

 

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް

ARISE – P172788

 

އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ.ތިނަދޫ، ބ.އޭދަފުށި އަދި ޅ.ހިންނަވަރުގައި ޑިޒައިން،ބިލްޑް،ފައިނޭންސް،އޯން،އޮޕަރޭޓް،ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

IFB No.: 001/172788

 

1. ކަރަންޓު އުފެއްދުމަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމުތައް ގާއިމުކުރުމަށްޓަކައި ވާރލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާއެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް ގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި ޑިޒައިން،ބިލްޑް،ފައިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ވަނީ 2 ލޮޓަކަށް ބަހާލާފައެވެ. 

 

ލޮޓް 1: 10 މެގަވޮޓް ފްލޯޓިންގ ސޯލާ ޕީވީ - އައްޑޫ ސިޓީ

 

ލޮޓް 2: 11 މެގަވޮޓް ލޭންޑް ބޭސްޑް ސޯލާ ޕީވީ – އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރު

 

2. ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބޭނުމަށް މަތީގައި ބަޔާން ކޮށްފައިވާ ރަށްތަކުގައި ’ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ‘ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ (IUL)13-K/13/2019/306 އިއުލާނުގައިވާ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށް، މިމަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފއިވުމަށް ކުރިމަތިލުމުގެ ދަޢުވަތު އަރުވަމެވެ. ޕްރިކޮލިފައިވުމަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ލޮޓްތަކަށް ވަކިވަކިން، ނުވަތަ އެއްކޮށްވެސް  އެޕްލިކޭޝަން ހުށަހެޅޭނެއެވެ.  އަދި ޕްރިކޮލިފައިވާން ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

 

3. މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ވަރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް. ބްރޮވަރސް" ޖުލައި 2016 ގެ ރިވައިޒްޑް ނޮވެންބަރު 2017 އަދި އޮގަސްޓް 2018ގެ (ޕްރޮކިއުމަންޓް ރެގިއުލޭޝަން) ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

 

4. ޕްރީކޮލިފިކޭޝަން ޕްރޮސެސްގައި ބައިވެރިވުމަށްޓަކައި 2020 ޖަނަވަރީ 30 އިން 2020 މޭ 13 އަށް މިނިސްޓްރީ އޮފް ފިނޭންސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫ. އެސް ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ނުވަތަ ޗެކު ބަލައިގަންނާނީ ރެޖިސްޓްރޭޝަން މުއްދަތުގައި ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މިނިސްޓްރީ އޮފް ފިނޭންސް އިންނެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ([email protected]) އަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. ފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ޕްރިކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

 

i.ޕްރިކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް

ii. އެޕްލިކޭޝަނާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު

iii. ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

 

5. މި ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

6. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 19 މާރިޗު 2020 ވަނަ ދުވަހުގެ 1400 ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އަށް ފޮނުވަންވާނެއެވެ.

 

7. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް 2020 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އެޕްލިކޭޝަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ޕްރީކޮލިފިކޭޝަނަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު، އަދި އިންވެސްޓަރުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

8. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : (+960) 3349102   

އީމެއިލް : [email protected]

ކޮޕީ  : [email protected]

 

9. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.devbusiness.com

www.gazette.gov.mv

 

05 މާރިޗު 2020