މަސައްކަތް
ނަންބަރު: (IUL)22-EDF/22/2020/47
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 17 މާރިޗު 2020 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުހިޔާ ޢިމާރާތުގެ ގުދަނުން ފެންލީކުވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. އެދުރުހިޔާ ޢިމާރާތުގެ ތިރީބުރި އިރުމަތީފަޅި ގުދަނުން ފެންލީކުވާ މައްސަލަ ހައްލުކުރުމާއި ފެނުގެ އަސަރުކޮށްފައިވާ ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމާއި ނަންނޯޓްކުރުން ، 2020 މާރިޗު 10 ވަނަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގަ އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2020 މާރިޗު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 މާރިޗު 17 ވަނަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341193,3341194

އީ-މެއިލް: [email protected]

05 މާރިޗު 2020