މުސާރަ:
|
މަހަކު -/3,840 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް:
|
5،500ރ–- 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.
- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ޝަރުތު:
|
- ގްރޭޑް 08 ގެ ފެންވަރު ހުރުން (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)
- އަދި މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- ވެލްޑަރުންގެ މަސައްކަތްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ތިލަފުށީ ބޯޓް ޔާރޑް ސާފކޮށް ބެލެހެއްޓުމުގައި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
- އުޅަނދުފަހަރު އެހެލާ ބޭލުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދު ދަށުން މަސައްކަތްކުރުން އަދި މޫދަށް ފައިބައިގެން މަސައްކަތްކުރަންޖެހިއްޖެ ހާލަތެއްގައި އެކަންކުރުން.
- އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ދަބަރު ތެޅުމާއި، ބްލާސްޓްކޮށް، ދަވާދުލުމުގެ މަސައްކަތުގައި އެހީތެރިވުން.
- މަސައްކަތުގެ މާހައުލަކީ އެންމެ ރައްކާތެރި ގޮތެއްގައި މަސައްކަތްކުރެވޭ ތަނަކަށް ހެދުމަށް އެއްބާރުލުންދީ އެފަދަ ކަންތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން.
|
މަސައްކަތްކުރަންޖެހޭ ތަން:
|
މެކޭނިކަލް އިންޖިނިއަރިންގ އެންޑް ތިލަފުށި ޑިޕާޓްމެންޓް (ތިލަފުށި ބޯޓް ޔާޑް)
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ދުވާލަކު 08 ގަޑިއިރު
|
ސުންގަޑި:
|
2020 މާރިޗް 10 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
|
- މަޤާމަށް އެދިހުށަހަޅާ ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
- ޕޮލިސް ރިކޯޑް ފޯރމް (އެއްމަސް ހަމަނުވާ)
|
އިންޓަރވިއު މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 މާރިޗް 15 އާއި 2020 އެޕްރީލް 10 އާ ދެމެދުގައެވެ.
|
ހުށަހަޅަންޖެހޭ އޮފީސް:
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)
ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
- ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|