ދިވެހިރާއްޖެ
އިޢުލާން
ސިނާއީ މަސައްކަތްތަކަށް ބިމެއްކުއްޔަށްދޫކުރުން
މިރަށުގެ ސިނާޢީ ސަރަޙައްދުން ( ރަށުގެދެކުނުކޮޅުން، އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 40671 އަކަފޫޓްގެ، ލޮޓް 3 ) ބިމެއް، ލުއި ސިނާޢީ މަސައްކަތްތަކަށް ކާރުޚާނާހެދުމާއި، ގުދަންހެދުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 2(IUL)335-AS/335/2020/ އިޢުލާނާއިގުޅިގެން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެޢިލާން ބަޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ކުލީބިމަށް އެދޭ ފޯރމް ވިއްކުން (ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް ) |
11 މާރޗް 2020 ވާ ބުދަ ދުވަހުން ފެށިގެން 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާއިން |
މަޢުލޫމާތު ދިނުން |
22 މާރޗް 2020 ވާ އާދިއްތަ ދުވަސް |
މެންދުރު 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބީލަން ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން ) |
31 މާރޗް 2020 ވާ އަންގާރަ ދުވަސް |
މެންދުރު 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބިޑްފޯމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.