ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2020/21
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 17 މާރިޗު 2020 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

         މިރަށުގައި ދިރިއުޅޭ ބޮޑެތި މީހުންނަށް ހާއްސަކޮށްގެން 6 މަސްދުވަހަށް ލެވެލް 1 ލެވެލް 2 ގެ އިގިރޭސި ކިޔަވައިދޭނެ ޓީޗަރެއް ބޭނުންވެއްޖެ. މިކުލާސްތައް އޮންނާނީ ހަފްތާއަކު 3 ދުވަސް ނުވަތަ 3 ރެއެވެ.

         މުސާރަ އަކީ ކިޔަވައިދޭ ގަޑިއަކަށް 150ރ އެވެ.

         ކޮންމެ ހަފްތާއަކު 6 ގަޑިއިރުގެ ކްލާހެއްނަގައިދެއްވަންވާނެއެވެ. އެސެސްމަންޓް ހަދާގަޑި އާއި މާރކް ކުރާ ގަޑިތައްކަށް އެއްވެސް ފައިސާއެއް ނުދެވޭނެއެވެ.

         ކުލާހަށްބޭނުންވާ ވޯރކްޝީޓްތަކާއި އެހެނިހެން ތަކެތި މި ކައުންސިލުން ފޯރުކޮއްދެވޭނެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން  ތިރީގައިވާ ގޮތުގެމަތިން  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަން ވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ވަނަވަރު
  • ލިބިފައވާ ސެޓްފިކެޓް ތަކުގެ ކޮޕީ
  • ތާވަލްއާއި އެއްގޮތަށް ކުލާސްތަކުގެ ތަފްސީލް
  • ދިވެއްސެއްނަމަ އާއިޑީ ކާރޑް ކޮޕީ އަދި ބޭރުމީހެއްނަމަ ވޯރކްވިސާ ކޮޕީ

     ވީމާ، މިމަސައްކަތަށް ޝަވްޤު ވެރިވާފަރާތްތަކުން 17 މާރޗް 2020 ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

04 މާރިޗު 2020