ދިވެހިރާއްޖެ
އިޢުލާން
ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއަށް ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ފޯރުކޮށްދޭނެ މެމްބަރުން ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކުރުމަށް
މިމިނިސްޓްރީއިން ކޮށްފއިވާ ނަންބަރު (IUL)101-AF/1/2020/47 (26ފެބްރުއަރީ 2020) އިޢުލާންގައިވާ ފުރުސަތުވީހާވެސް ގިނަ ފާރާތްތަކަކަށް ދިނުމުގެ ގޮތުން، ތިރީގައި މިވާ ގޮތަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ދިގުމުއްދަތަށް ބެހެއްޓޭ ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ފޯރުކޮށްދޭނެ މި ސޮސައިޓީގެ މެމްބަރުން ހޯދަން ބޭނުންވެއްޖެއެވެ.
ވިމާ މިފަދަ ތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ސަބާ މޯލްޑިވްސްގެ މެންބަރުން، 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނާއި އެކުގައިވާ އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، މި ސޮސައިޓީގެ އޮފީހަށް (03 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް، ބޮޑުތަކުރުފާނުމަގު) ނުވަތަ އަތޮޅުތެރެއިން ނަމަ އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ނުވަތަ މި ސޮސައިޓީގެ އީމެއިލް ([email protected]) މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7220077، 3003018 ނަންބަރަށް ގުޅުއްވުން އެދެމެވެ.