ދިވެހިރާއްޖެ
މިސްކޫލަށް 02 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔައް ހިފަން ބޭނުންވެގެން ކޮށްފައިވާ އިއުލާން ނަންބަރ: (IUL)GS-63-B/GS-63/2020/6 އިއުލާނުގައި ބައެއް ބައެއް މައްސަލަ ހުރުމާއި ގުޅިގެން ދެންނެވުނު އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އިޢުލާން ކުރަމެވެ.
މިސްކޫލަށް 10 މަސްދުވަހަށް (1 އޭޕްރިލް 2020 އިން 31 ޖަނަވަރީ 2021) 02 ކޮޓަރީގެ އެޕާޓްމަންޓެއް (ދެކޮޓަރިއާއި ސިޓިންގްރޫމް އަދި ބަދިގެ ފަރުނީޗަރާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން 8 މާރިޗް 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްތައް ހުޅުވުން އޮންނާނީ މިކަމަށް އެދުނު ފަރާތްތަކުގެ ޙާޒިރުގައި 10 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައެވެ. ބިޑްހުށަހަޅާނީ ސްކޫލުން ދޫކުރާ ބިޑް ޑޮކިއުމެންޓާއި އެއްގޮތަށެވެ.
އަދި ދަންނަވަމެވެ. ވެރިފަރާތް ނޫން އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާރޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.
09 ރަޖަބު 1441
04 މާރިޗު 2020