ދިވެހިރާއްޖެ
ނަންބަރު: GMIZL-HR/IUL/20/05
ވަޒީފާގެ ފުރުޞަތު
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަގާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއްޖެއެވެ.
1. މަގާމު: ޖެޓީ އޮފިސަރ – (ޝިފްޓް ޑިޔުޓީ) (ކޮންޓްރެކްޓް) (6 މަސް)
ބޭނުންވާ އަދަދު: 1
މަސްއޫލިއްޔަތު:
- ތިލަފުށި ޖެޓީ ސަރަހައްދު ޕްރޮޕަޓީ މެނޭޖްމަންޓް ޑިޕާރޓްމަންޓް ގެ އިސްވެރިޔާ އަންގާ ގޮތުގެ މަތިން ބެލެހެއްޓުން.
- ޖެޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ރަސީދުތައް ހެދުން.
- ޝިފްޓް ބަދަލުވާއިރު ބަލައިގެންފައިވާ ފައިސާގެ އަދަދުތައް ހަމަކުރުމާއި ދިމާކުރުން.
- ޖެޓީއަށް ބަނދަރުކުރާ އުޅަނދުތައް ހުންނަނީ ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދު ތަކުގައި، ހުންނަންޖެހޭ ގަވާއިދު ތަކަށް ފެތޭ ގޮތަށްތޯ ބެލުން.
- ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ ބާލާ އަރުވާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފައިސާ ނެގުން.
ޝަރުތު:
- ޖީ.ސީ.އީ.އޯ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
- މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
- ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
މުސާރަ:
- ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.
2. މަގާމު: އެސިސްޓަންޓް އިންސްޕެކްޓަރ – (ޝިފްޓް ޑިޔުޓީ) (ކޮންޓްރެކްޓް) (6 މަސް)
ބޭނުންވާ އަދަދު: 1
މަސްއޫލިއްޔަތު:
- ތިލަފުށި / ގުޅީފަޅުގައި ތިބޭ ފަރާތްތައް ޢަމަލުކުރަމުންގެންދަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޢާންމު ޤަވާއިދާ އެއްގޮތައްތޯ ބަލައި މޮނީޓަރ ކޮށް ހައްލުކުރަންޖެހޭ ކަންތައްތައް ހައްލުކޮށް އިތުރަށް ބަލަންޖެހޭ ކަންތައްތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ތިލަފުށި / ގުޅީފަޅުގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވިފައިވާ ފަރާތްތައް ކުންފުނިން ހަމަޖައްސާފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުން.
- ތަނުގައި ދިމާވާ މައްސަލަތައް ގަވާއިދުން ހިނދުން ހިނދަށް ކަމާބެހޭ ވެރިންނަށް ރިޕޯޓްކުރުން.
- ޗީފް އިންސްޕެކްޓަރ ގެ އިރުޝާދުގެ ދަށުން ތިލަފުށި/ގުޅީފަޅުގައި އާންމުގަވައިދު ތަންފީޒް ކުރުމުގައި އެހީތެރިވުން.
ޝަރުތު:
- ޖީ.ސީ.އީ.އޯ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
- މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
- ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
މުސާރަ:
- ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.
މި މަޤާމްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 މާޗް 2020 ގެ 15:00 ގެ ކުރިން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯރމް (ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓްއިން އަދި ހެޑް އޮފީހުން ލިބެން ހުންނާނެއެވެ )
- ސީ.ވީ.
- ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
- ޕާސްޕޯރޓް ސައިޒް ފޮޓޯއެއް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
- ޕޮލިސް ސަރޓިފިކަޓް
މަތީގައި ބަޔާން ކުރެވިފައިވާ މުވައްޒަފުން މަސައްކަތް ކުރައްވަން ޖެހޭނީ ތިލަފުށި އަދި ގުޅީފަޅުގައެވެ.
އެޗް.އާރް ސެކްޝަން
އެޗް.އާރް އެންޑް އެޑްމިން ޑިޕާޓްމަންޓް
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3307513 ، ފެކްސް: 3307514