މަސައްކަތް
ނަންބަރު: (IUL)322-EP/322/2020/27
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 10 މާރިޗު 2020 09:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމާއި ކުނިއަޅާތަން ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެ

01 އޭޕްރީލް 2020 އިން 31 މާރިޗު 2021 އަށް އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމާއި ކުނިއަޅާތަން ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 10 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ 09:30 އަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  އަދި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފާއިވާ ކުންފުނިތައް.
  2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  3. ކޯޕްރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ  ކޯޕްރޭޓިވް ސޮސައިޓީތައް.
  4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
02 މާރިޗު 2020