ވަޒީފާގެ ފުރުޞަތު
ނަންބަރު: MOC/IUL/2020/029
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 12 މާރިޗު 2020 00:00
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު: 

އިންޓަރނޭޝަނަލް ރިލޭޝަން އޮފިސަރ

ބޭނުންވާ އަދަދު:   

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް-1 އަހަރު (މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެ) 

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މުސާރަ:

ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޝަރުތު:

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ސްޕޯޓްސް މެނޭޖްމަންޓް، ސްޕޯޓްސް އެޑްމިނިސްޓްރޭޝަން، ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ  މަސައްކަތުގެ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން
  • ގިނަ ކަންތައްތައް އެއްފަހަރާ ކުރުމުގެ ޤާބިލުކަން ހުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ މީހަކު ކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާއަށް ބަލައިގެން
  • ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއުކޮށްގެން 

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށް ފެންނަ ކޮޕީއެއް
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2020 މާރޗް 12 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ.

އިތުރު މައުލޫމާތު

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 14:00 ދެމެދު 3346640 ފޯނާއި ގުޅުއްވުން އެދެމެވެ.
04 މާރިޗު 2020