ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2020/0
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 20:31
ސުންގަޑި: 14 އޭޕްރިލް 2020 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތޯ ބެލުން

ދިވެހިރާއްޖޭގެ ލިޔަންކިޔުމުގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ ސަމާލުކަންދޭންޖެހޭ ދާއިރާތައް ކަނޑައަޅައި އެދާއިރާތަކުން މަސައްކަތް ކުރުމަށް މިއަހަރު ބޭއްވުނު ނުރަސްމީ ތަޢުލީމުގެ މަހާސިންތާއިން ނިންމުމާއި ގުޅިގެން ލިޔަން ކިޔަން ނުދަންނަ މީހުންގެ ލިސްޓެއް އެކުލަވާލުމަށް ވަނީ އަންގަވާފައެވެ.

މިރަށުގެ އާބާދީގައި ހިމެނޭ އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ އުމުރުފުރާގައި ލިޔަން ކިޔަން ނުދަންނަ ފަރާތްތަކުގެ ފުރިހަމަ ނަން ، ދާއިމީ އެޑުރެސް ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ އަދި ގުޅޭނެ ފޯން ނަންބަރ 14 އެޕްރީލް 2020 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާގެ ނަންބަރ 6528831 އަށް ގުޅުއްވައި  ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މާރިޗު 2020