މަސައްކަތް
ނަންބަރު: (IUL)230-AHI/230/2020/06
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 18 މާރިޗު 2020 11:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                  މިއިދާރާގެ އުޅަނދުތަކަށް ޕެޓްރޯލާއި އަދި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

                  ވީމާ، މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލާއި، ޑީސަލް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވެލައްވާ  ފަރާތްތަކުން 11 މާރިޗް 2020 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 މާރިޗް 2020 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބުހުށަހެޅުން އޮންނާނީ މި އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރިކުރާތަނަކުންނަމަ އެމީހަކީ އެކުންފުނިން ނުވަތަ އެވިޔާފާރިކުރާ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. ކުންފުނިން ނުވަތަ ވިޔަފާރިކުރާތަންތަނުގެ ވެރިފަރާތުން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވެރިފަރާތްކަން ކަށަވަރުކޮށްދޭ ލިޔުންވެސް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. އަދި ފޯން ފެކްސް އަދި އީމެއިލްގެ ޒަރީޢާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

                  އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މަޢުލޫމާތު ސާފުކުރެއްވި ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ އަންދާސީ ހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެ ކަމަށާއި، އަދި މަޢުލޫމާތު ސާފުކުރަންވަޑައިނުގަންނަވާ ފަރާތްތަކުންނާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  06 ރަޖަބު 1441

01 މާރިޗު 2020