މަސައްކަތް
ނަންބަރު: (IUL)UVH/2020/01
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 09 މާރިޗު 2020 10:30
ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބިދޭސީން ގެނައުމާއި ވިސާ/ޕާސްޕޯޓްއާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް އެޖެންސީއެއް ހޯދުން

މި ކުންފުނީގެ މަސައްކަތަށް ބިދޭސީން ގެނައުމާއި ވިސާ/ޕާސްޕޯޓްއާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެމްޕްލޯއިމެންޓް އެޖެންސީއެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 9 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދައުވަތު އަރުވަމެވެ. މި މަސައްކަތްކޮށްދިނުމަށް އެދި ހުށަހެޅޭނީ ބިދޭސީން ގެނައުމުގެ ލައިސަންސް އޮތް ފަރާތްތަކަށެވެ.

އެޖެންސީއެއް ހޮވުމުގައި ބަލާނެ މިންގަނޑު ތިރީގައި އެވަނީއެވެ.

 

ހުށަހަޅާ އަގަށް

75%

ތަޖުރިބާއަށް

25%

 

އަގު ހުށަހަޅުއްވާނީ ބިދޭސީންގެ ޑިޕޮޒިޓް އަދި 1 އަހަރު ދުވަހުގެ ވިސާ، މެޑިކަލް، ވޯރކް ޕާމިޓް އަދި އިންޝުއަރެންސްފީއާއި އަދި ސަރުކާރުގެ އެހެނިހެން އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައްކުރުމާއި، މި ކުންފުންޏަށް މީހުން ފޯރުކޮށްދިނުމަށް ނަގާ ފީ ހިމެނޭ ގޮތަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ތިރީގައިވާ އެޑްރެހަށެވެ.

ޔުނިވިޔަ ހޯލްޑިންގސް، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

އެފްއެޗްޓީއެސް ބިލްޑިންގ، ފުރަތަމަ ފަންގިފިލާ

ފަޅުމަތީމަގު

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3013860 އަށް ގުޅުއްވެވުން އެދެމެވެ.

 

3 މާރިޗު 2020

03 މާރިޗު 2020