ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384-A/2020/12
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 09 މާރިޗު 2020 02:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާ އެޅުމަށް ބިން ހަމަޖެއްސުން

މިކައުންސިލް އިދާރާގެ އައު ޢިމާރާތް އަޅާނެ ބިމަކާމެދު ރައްޔިތުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުމާއި ގުޅިގެން، ބިންކަނޑައެޅުމަށް (އެންމެ ފަހުން ) 25 ޖަނަވަރީ 2020 ވަނަ ދުވަހުގެ ރޭ ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ވޯޓުން ނިންމާފައިވާގޮތަށް މިރަށު ހުޅަނގުފަރާތު އަސްރަފީމަގާއި ސޯސަންމަގާއި ދެމެދު އޮތް ރުއްފަށަށް ކައުންސިލް އިދާރާގެ އައު ޢިމާރާތް ބަދަލު ކުރުމަށް މިކައުންސިލްގެ 3ވަނަ ދައުރުގެ 128ވަނަ ޖަލްސާގައިވަނީ ނިންމާފައެވެ.

ވީމާ މިގެނެވުނު ބަދަލާއި ގުޅިގެން އެއްވެސް ރައްޔިތެއްގެ ޝަކުވާއެއްވާނަމަ 9 މާރިޗް 2020ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅަން ދުރުވާއިރު، ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

                     02 މާރިޗް 2020

                     07 ރަޖަބު 1441

02 މާރިޗު 2020