ވަޒީފާގެ ފުރުޞަތު
ނަންބަރު: FAM/HR/IUL/2020/1001
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 12 މާރިޗު 2020 12:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޮމްޕެޓިޝަން އޮފިސަރ

މަޤާމް :ކޮމްޕެޓިޝަން އޮފިސަރ
ބޭނުންވާ އަދަދު :2

FAM/HR/IUL/2020/1001   އިޢުލާން ނަންބަރު:

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ކޮމްޕެޓިޝަން އޮފިސަރ  

ބޭނުންވާ ޢަދަދު

2

މުސާރަ

6500.00 ރުފިޔާ

އެލަވަންސް

އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް

އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޑިޕާރޓްމަންޓް

ކޮމްޕެޓިޝަން ޑިޕާރޓްމަންޓް  

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓަންޓް އޮފިސަރ

މަޤާމުގެ ޝަރުތުތައް

  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، 
  • ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ޑިޕާޓްމަންޓްގެ ރިކޯޑްތައް ތައްޔާރުކޮށް، ރިކޯޑްތައް އެންމެ ފުރިހަމަކަމާއި އެކު އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  • ކުޅުންތެރިންގެ ރަޖިސްޓްރީ ސިސްޓަމްތައް އެކުލަވާލައި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  • ކުޅުންތެރިންގެ ޓްރާންސްފަރގެ ކަންތައްތައް އަޕްޑޭޓްކޮށް ސެކްޝަނުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން.
  • ކުޅުންތެރިންގެ ޑިސިޕްލިނިސަރީ މައްސަލަތައް ބަލައި ކޮމެޓީގެ ނިންމުންތައް ތައްޔާރުކޮށް އަންގަންޖެހެ ފަރާތްތަކަށް އެންގުން.
  • މުބާރާތުގެ މެޗްތަކުގެ ނަތީޖާތަކަށް ބަލައި މުބާރާތުގެ ޓޭބަލް އެކުލަވާލުމުގެ މަސައްކަތްކުރުން.
  • ކޮމްޕެޓިޝަން ޑިޕާރޓްމަންޓުގެ އެކި އެކި އިވެންޓްތައް ރާވައި ހިންގުމުގެ އިދާރީ މަސައްކަތްތައް ކުރުން.
  • އެކި އެކި އޮފީސް ތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުމާއި އެސިޓީތައް ފައިލްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  • މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • ސިއްރުތަކަށް ރައްކާތެރިވުމާއި، އިދާރީ އެއްވެސް މަޢުލޫމާތެއް ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
  • އެކިއެކި ކަންކަމުގައި ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • މުބާރާތްތައް ރާވައި ހިންގުމުގެ މަސައްކަތްތައް ޑިޕާރޓްމަންޓްގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން ކުރުން.
  • މުބާރާތްތައް ކުރިއަށް ދާ ސްޓޭޑިއަމްގެ މަސައްކަތްތައް ކުރުން.
  • މުބާރާތްތަކުގެ އިދާރީ އަދި ފީލްޑް މަސައްކަތްތައް ކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 08:00 އިން 15:00 އަށެވެ.

ސިޓީ ފޮނުވަންވީ ތާރީޚް

12 މާރޗް 2020 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހުށައެޅުން އެދެމެވެ. އީމެއިލް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3327868 / 3327768ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ.

 

02 މާރޗް 2020

 

 

02 މާރިޗު 2020