ތަމްރީނު
ނަންބަރު: (IUL)160-AD&HR/1/2020/18
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 12 މާރިޗު 2020 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި 2020 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި  2020 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:        1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  8 ހަފްތާ

ޖާގަ:         30 ޖާގަ

 

       ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 2020 މާރިޗު 03 ވާ އަންގާރަ ދުވަހުން ފެށިގެން މި މަރުކަޒުން ލިބެންހުނާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މި ކޯހުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީހެއް ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.

02 މާރިޗު 2020