ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2020/11
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:24
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޓްނެސް ޕްރޮގްރާމް ފެށުމާ ގުޅޭ

 މި އިދާރާއާއި ޔޫތް މިނިސްޓްރީގެ ސްޕޯރޓްސް ކައުންސެލަރ ގުޅިގެން 2020 މާރޗް 08 ން ފެށިގެން، 18 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެނުންނަށް ޚާއްސަކޮށް ފިޓްނެސް ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

                   ވީމާ މި ފިޓްނެސް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފިޓްނެސް ޕްރޮގްރާމުގައި  ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު މި އިދަރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށެވެ

                  ފިޓްނެސް ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9656968 އަށް ގުޅުއްވުން އެދެމެވެ.                        

                   ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                   07 ރަޖަބު 1441                              

                   02 މާރިޗު 2020                                          

02 މާރިޗު 2020