ދިވެހިރާއްޖެ
މި ކޯޕަރޭޝަންއިން ކުރިއަށް ގެންދިއުމަށްބޭނުންވާ ޕްރޮޖެކްޓްތަކަށް ތިރީގައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
- ކޮންސެޕްޓްޑިޒައިން ތައްޔާރުކުރުން.
- ކޮންސެޕްޓްގެ ވިޝުއަލް ކުރެހުމެއް (3ޑީ ޑިޒައިން) ތައްޔާރުކުރުން.
މި މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ ކަންތައްތައް:
1- ހުށަހަޅާ އަގަށް: %60
2- ތަޖުރިބާއާއި، މާލީ ޤާބިލްކަމަށް: %40 (ތަޖުރިބާގެ ލިޔުންތައް ބަލާނީ މި މަސައްކަތުގެ ދާއިރާއިން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތުގައި ކޮށްފައިވާ މަސައްކަތަށެވެ.)
އަންދާސީ ހިސާބު ހުށައެޅުމާއި ބެހޭ:
ވީމާ މި މަސައްކަތާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ސެޝަން 10 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ 11:00ގައި މި އޮފީހުގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅިގެން އަގު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 10 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ 11:00ގައި މި އޮފީހަށް ޙާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 މާރިޗް 2020 ވާ ބުދަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި އޮފީހަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.