ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2020/07
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 04 މާރިޗު 2020 10:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ގުރުއަތުނެގުން

އިޢުލާން

ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ގުރުއަތުނެގުން


              2020 އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ނަންފުޅުތައް ތަރުތީބު ކުރުމަށްޓަކައި ނަގާ ގުރުއަތުނެގުން 2020 މާރޗް 4 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކިނބިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވުމަށް ހަމަޖައްސައިފީމެވެ. މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކެންޑިޑޭޓުންނާއި ދަޢުވަތު އަރުވަމެވެ. އަދި ހޯލްގައި ޖާގަ އޮތްވަރަކުން އެހެން ބޭފުޅުންނަށްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނޭގޮތަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

02 މާރިޗު 2020