ނީލަން
ނަންބަރު: (IUL)GS-48/1/2020/3
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 12 މާރިޗު 2020 10:00
މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
ނީލަން ކިޔުން

މިސްކޫލުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުން، 2020 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 ގައި މިސްކޫލުގެ ގޯތިތެރޭގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2020 މާރިޗު 11 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލަށް ޙާޟިރުވުން އެދެމެވެ.

ނީލަން ކިޔަން ފެށުމުން،  ނީލަމުގައި ބައިވެރިއަކު އަގެއް ހުށަހަޅައި، އެ އަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، ނީލަމުގައި ބައިވެރިވާ އިތުރު ފަރާތަކުން އަގެއް ހުށަނާޅައިފިނަމަ، އެ އަގެއް ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީ ކަމުގައި ނިންމާނީއެވެ. އަދި ނީލަން ނިމުނުގޮތް  ނީލަމުގައި ބައިވެރިވި  ފަރާތްތަކުގެ ހާޒިރުގައި  އިޢުލާނު ކުރާނެއެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ނީލަމުގައި ބައިވެރިވުމަށް ޙާޟިރުވާ މަދުވެގެން 3 މީހުންގެ ޙާޟިރުގައެވެ.    ވީމާ، މިތަކެތި ނީލަމުން ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް މި ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު އަރުވަމެވެ. ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު ގެންދަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 މާރިޗު 2020