މަސައްކަތް
ނަންބަރު: (IUL)393/393/2020/06
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 10 މާރިޗު 2020 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

           ތ. ކިނބިދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އިޖްތިމާޢީ ސަރަހައްދު ތަކުގެތެރޭގައިހިމެނޭ ކުނިކަހައި ސާފުކުރަން ބޭނުންވާ ސަރަހައްދު ތަކަކަކީ :

       1- ކިނބިދޫގެ މޫނުމަތި ސަރަހައްދާއި، ބަނދަރު ސަރަހައްދު  

       2- ފުޓްބޯޅަ ދަނޑުގެ އެތެރެ  ( ވަށައިގެންވާ މަގުތަކާއެކު)

       3- އިޖްތިމާޢީ މަރުކަޒު މަގާއެކު

       4- ޕްރީސްކޫލް ގޯތި މަގާއެކު

       5- ރަތްވިލާގެ ގޯތި މަގާއެކު

       6- އޯކިޑްވިލާ ގޯތި މަގާއެކު

       7- މަސްޖިދުލް ނޫރު ގޯތީގެ އެތެރެއާއި ބޭރު މަގާއެކު

       8- ޤަބުރަސްތާނުގެ ވަށައިގެންވާ މަގުތައް

       9- މަސްޖިދުލް ޒަހުރާ ގޯތި ވަށައިގެންވާ މަގުތަކާ ގޯތީގެ އެތެރެ

       10 – ކިނބިދޫ ސްކޫލްގެ އިރުންއޮންނަ ސަރަހައްދު

 

              އިޖްތިމާޢީ ސަރަހައްދު ކުނިކެހުމަށް ހަމަޖެހިފައިވަނީ މަހަކަށް -/16000 ރުފިޔާއަށްވުރެ ބޮޑު ނުވާ އަގަކަށެވެ. ވީމާ، މިމަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށް 10 މާރިޗް 2020  ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 15 މާރިޗް  2020 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާއަށެވެ. އެސްޓިމޭޓް ކެނޑުމަށް ހަމަޖެހިފައިވަނީ އެސްޓިމޭޓް ހިއްޕަވައިގެން ދުރުވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

              މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

02 މާރިޗު 2020