ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2020/41
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 1029
ސުންގަޑި: 05 މާރިޗު 2020 1400
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަގަސް ނީލަން ކިއުން

ފުވައްމުލަކު ދިގުވާނޑު އަވަށު އީސާނާޢިބު މަގު 50 ފޫޓަށް ފުޅާކުރާއިރު އެމަގަށް އަރާ އަލަގަސްތަކުގެ ނީލަން ކިޔުން 05 މަރިޗު 2020 ވާ ބުރާސްފަތި ދުވަހު މެންދުރު 14:00 ގައި އަލައޮޅު ކައިރީގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 މަރިޗު 2020 ވާ ބުރާސްފަތި ދުވަހު މެންދުރު 14:00އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި ނީލަމުން އަލަގަސްތައް ނަންގަވާ ފަރާތްތަކުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށް ދަންނަވަމެވެ.

ވީމާ މިނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

2020-03-02