ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2020/37
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 1019
ސުންގަޑި: 08 މާރިޗު 2020 1400
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ދިގުވާނޑު އަވަށު އީސާނާޢިބު މަގު 50 ފޫޓަށް ފުޅާކުރާއިރު އެމަގަށް އަރާގޮތަށް ހުރި ނަންބަރ 32 އިން 378 ޖަހާފައިވާ ރުއްގަސްތަކުގެ ވެރިފަރާތް  ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 08 މަރިޗު 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން މި ރުއްގަސްތައް ރަޖިސްޓްރީ ކުރެވިފައި ނުވަތަ މިލްކުވެރިކަން ސާބިތުކޮށްފައިވާކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

2020-03-01