ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2020/31
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 15 މާރިޗު 2020 00:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޑިންނާއި އިނގިރޭސި ބަސް ކިޔަވައިދިނުމާ ބެހޭ

ޕްރޮފެސަރ އުގެއިލް ފައުންޑޭޝަނާއި މި ކައުންސިލާއި ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ކޯޑިންނާއި އިނގިރޭސި ބަސް ކިޔަވައިދިނުމުގެ ކްލާހެއް 01 އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސައިފީމެވެ. މި ކުލާހުގައި ކިޔަވައިދޭނީ ހަފުތާ ބަންދުގައި އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

މި ކުލާހުގައި ބައިވެރިކުރާގޮތަށް ހަމަޖައްސާފައިވަނީ ޢުމުރުން 7 އަހަރާ 14 އަހަރާ ދެމެދުގެ ކުދިންނެވެ. ފީއަކީ މަހަކު 500/- (ފަސްސަތޭކަ) ރުފިޔާ އެވެ.

މި ކުލާހުގެ ކިޔަވައި ދިނުމާބެހޭ އިތުރު މަޢުލޫމާތު ހިމެނޭ ކަރުދާހެއް މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައި ވާނެއެވެ. ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި އަދި މިއިދާރާގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާއެވެ.

ފޭސްބުކް ޕޭޖް: https://www.facebook.com/faafunilandhoo

ވެބްސައިޓް: www.fncl.com.mv  

ވީމާ، މި ކުލާހުގައިކުދިން ބައިވެރިކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއިން ދޫކުރާ ފޯމު ފުރިހަމަކުރައްވައި 2020 މާރިޗް 15 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

07 ރަޖަބު   1441

02 މާރިޗް   2020

02 މާރިޗު 2020