މަސައްކަތް
ނަންބަރު: (IUL)472/1/2020/7
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 04 މާރިޗު 2020 13:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ބޭނުންވާ ސަރވިސް ކައުންޓަރުތަކާއި މިމިނިސްޓްރީގެ ކޮޓަރިއެއްގެ އިންޓީރިއަރ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑްރޯވިންގްސް، އާއި އެއްގޮތަށް ތަން މަރާމާތު ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.

           ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 މާރިޗު 2020 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 09:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

          އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

01 މާރިޗު 2020