ދިވެހިރާއްޖެ
ނަންބަރު:IUL)345-CAA/345/2020/11)
އިޢުލާން
މަސްޖިދުލްފަލާހު މިސްކިތު ގޯތީގައި ފާޚާނާއެއްހަދާދޭނެ ފަރާތެއް ހޯދުން.
މަސްޖިދުލްފަލާޙު މިސްކިތުގޯތީގައި ފާޚާނާއެއް ހަދާދޭނެ ފަރާތެއް ހޯދުމަށް މިއިދާރައިން ކޮށްފައިވާ ނަމްބަރ:
(IUL)345-CAA/345/2020/9 (17 ފެބުރުވަރީ 2020) އިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހަޅަން ޙާޒިރުވެފައިވަނީ އެއްފަރާތުން ކަމަށްވާތީ،އެއިޢުލާނު ބާޠިލްކޮށް ދެވަނަ ފުރުޞަތު ހުޅުވާލަމެވެ.
މަސްޖިދުލްފަލާޙު މިސްކިތު ދެކުނު އަންހެނުން ނަމާދު ކުރުމަށް ހަދާފައިވާބަޔާ އިންވެގެން ފާޚަނާ އަކާ،
ވުޟޫކުރާ އިސްކުރުބަރިއެއް ހެދުމަށްވަނީ ބޭނުން ވެފައެވެ.
ބިޑްރަޖިސްޓަރީކުރުން.
ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އއ.މާޅޮހު ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
ރަޖިސްޓަރީ ކުރިއަށްދާނީ އިޢުލާނު ކުރެވޭދުވަހުން ފެށިގެން 4 މާރޗް 2020 އާއިދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:00އާއިދެމެދު ގައެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާފަރާތްތަކަށް ބީލާން ހުށަހެޅުމުގެފުރުޞަތު ނޯންނާނެވަހަކަ ދެންނެވީމެވެ.
ޕްރީބިޑްބައްދަލުވުން.
މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 5 މާރޗް 2020(ބުރާސްފަތި) ދުވަހުގެ 10:30ގައި އއ. މާޅޮހު ކައުންސިލް އިދާރާގައެވެ.
ބިޑްހުޅުވުން.
މިމަސައްކަތުގެ ބިޑްހުޅުވުން އޮންނާނީ 10 މާރޗް 2020 (އަންގާރަ) ދުވަހުގެ 10:30 ގައި ބިޑްހުށަހަޅާ ފަރާތުގެ ޙާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން.
މިމަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 09 މާރޗް 2020 (ހޯމަ) ދުވަހުގެ 11:00ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ، އިޢުލާނުކުރީމެވެ.