ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-MMI/PSM/2020/26
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 20:17
ސުންގަޑި: 12 މާރިޗު 2020 16:00
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް
ދިވެހިރާއްޖެ
ޕާރޓްޓައިމް ފެސިލިޓޭޓަރުން ހޯދުން

މަދަހަ ކިޔަން ދަސްކޮށްދޭނެ ޕާޓްޓައިމް ފެސިލިޓޭޓަރުން ހޯދުން

އިޢުލާން

 

އަންނަ ރަމަޟާންމަހާ ދިމާކޮށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ، މަދަހަ ކިޔަން ދަސްކޮށްދިނުމުގެ ވޯކްޝޮޕްގައި މަދަހަ ކިޔަން ދަސްކޮށްދިނުމަށް ޝައުގުވެރިވާ ޕާޓްޓައިމް ފެސިލިޓޭޓަރުން ހޯދަން ބޭނުންވެއެވެ.

ޕްރޮގްރާމް/ވޯކްޝޮޕް:

 މަދަހަ ރިސައިޓަލް ވޯކްޝޮޕް

މުއްދަތު އަދި ދުވަސް

4 ހަފްތާ، ހަފްތާއަކު 2 ދުވަސް (ހަފްތާ ބަންދުގައި)

ޝަރުތު:

ގުޅޭ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ މަދުވެގެން 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

ހަވާލުކުރެވޭ މޮޑިއުލާ ނުވަތަ މޮޑިއުލްތަކާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދިއުން

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (ޕަބްލިކް ސަރވިސް މީޑިއާ)

އިތުރު މަޢުލޫމާތު:

ފޯން: 3000340 އަދި އީމެއިލް އެޑްރެސް: [email protected]

 ވީމާ، މިވޯކްޝޮޕް ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު ޝައުގުވެރިކަން ފާޅުކުރައްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަށް 12 މަރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 16.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. 

                03  ރަޖަބު   1441

                27  ފެބްރުއަރީ 2020

27 ފެބުރުވަރީ 2020