ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2020/18
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 17:05
ސުންގަޑި: 05 މާރިޗު 2020 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑެސްކްޓޮޕް ކޮމްޕިއުޓަރ ގަތުމަށް ބޭނުންވެއްޖެ

މި އޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2020/11 (6 ފެބްރުއަރީ 2020) އިޢުލާނާއި ގުޅިގެން ތިން ފަރާތަކުން ޝަރުތު ހަމަވާ އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ އެ އިޢުލާން ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ޢަދަދު

އައިޓަމް

5

ޑެސްކްޓޮޕް ކޮމްޕިއުޓަރ

 

މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މި އޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://bit.ly/2VJkOgR

 

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 މާރިޗް 5 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

27 ފެބުރުވަރީ 2020