ތަމްރީނު
ނަންބަރު: (IUL)266/266/2020/17
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 01 މާރިޗު 2020 12:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހަށް ބައިވެރިން ހޯދުމާއި ގުޅޭ

'ހޭންޑްބޯލް މޯލްޑިވްސް' އެސޯސިއޭޝަންއާއި ކުޅުދުއްފުށި ކައުންސިލް ގުޅިގެން 02 މާރޗް 2020އިން 06 މާރޗް 2020އަށް ހދ. އަތޮޅަށް ހުޅުވާލައިގެން، ހދ. ކުޅުދުއްފުށީގައި ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 16 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވަނީ ހުޅުވާލެވިފައެވެ. އެހެންކަމުން ބައިވެރިވާން އެދިލައްވާ ފަރާތްތަކުން ފުރިހަމަ ނަން، ދާއިމީ އެޑްރެސް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރާއެކު މިކައުންސިލްގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. ބައިވެރިވާން އެދިލައްވާ ފަރާތްތަކުން މިކައުންސިލްގެ ފޯން 6528831އަށް ރަސްމީ ގަޑީގައި ގުޅުއްވައި ނުވަތަ [email protected] އަށް އީ-މެއިލް މެދުވެރިކޮށް 01 މާރޗް 2020ވަނަ ދުވަހުގެ 12:00 ކުރިން މަޢުލޫމާތު ފޮނުވައިގެން ބައިވެރިވުމުގެ ފުރުސަތުއޮތްކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

27 ފެބުރުވަރީ 2020