| އެޑުމިނިސްޓްރޭޓިވް އޮފިސަރ | މަޤާމް: | 
| J-235228 | މަޤާމުގެ ނަންބަރު: | 
| 01 | ބޭނުންވާ އަދަދު: | 
| ދާއިމީ | މަޤާމުގެ ގިންތި: | 
| ޖީ.އެސް 3 | މަޤާމުގެ ރޭންކް: | 
| އޮފިސަރ ގުރޭޑް 1 | މަޤާމުގެ ކްލެސިފިކޭޝަން: | 
| ކިނބިދޫ ސްކޫލް، ތ.ކިނބިދޫ | ވަޒީފާ އަދާކުރަން ޖެހޭ ތަން: | 
| -/4465 ރުފިޔާ | މުސާރަ: | 
| -/1500 ރުފިޔާ | ސަރވިސް އެލެވަންސް: | 
| ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި -/700 ރުފިޔާ އާއި އިތުރުގަޑީގެ ގޮތުގައި މުސާރައިގެ  | އެހެނިހެން އެލަވަންސް: | 
| 
ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.ޗުއްޓީއަށް އެދޭ މުވައްޒިފުންގެ ޗުއްޓީ ޗިޓް އިސްވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ޙަވާލުކުރުން.އަހަރީ ޗުއްޓީގައި 30 ދުވަހަށް ވުރެ ގިނަ ދުވަސްވާ އިދާރީ މުވައްޒިފުންގެ މަޢްލޫމާތު އިސްވެރިޔާއަށާއި އިދާރީކަންތައް ބަލެހައްޓުމާ ޙަވާލުވެހުރި ވެރިޔާއަށް ހުށަހެޅުން.30 ސަލާމަށް ވުރެ ގިނަ ދުވަސްވާ މުވައްޒިފުންގެ މަޢުލޫމާތު އިސްވެރިޔާއަށާއި އެމުވައްޒަފެއްގެ ކަންތައް  ބެލެހެއްޓުމާ ޙަވާލުވެހުރި ސުޕަވައިޒަރަށް މަޢުލޫމާތު ދިނުންމުވައްޒިފުންގެ ޙާޟިރީ މަސްފެށުމުގެ 1 ދުވަސްކުރިން ނިންމާ ސޮއިކުރެވޭ ގޮތަށް ބޭއްވުން.ގަޑިޖެހިގެން ޙާޟިރުވާ މުވައްޒަފުން ގަޑިޖައްސާ ކޮންމެ މަހެއްގެ މުސާރަ ދިނުމުގެ ކުރިން ގަޑި ޖެހުނު މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާއި ޙަވާލުކުރުން.ސަލާމް ބުނި މުވައްޒަފުންގެ ތެރެއިން އިސްވެރިޔާ ސަލާމް ޤަބޫލުކުރައްވާފައިވާ މުވައްޒަފުން ޙާޟިރީގައި އެކަން ފާހަގަކުރުން.ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ފާއިތުވީ މަހުގެ ޙާޟިރީ ރިޕޯރޓް ތައްޔާރުކޮށް އިސްވެރިޔާއަށް ހުށަހެޅުން.ޗުއްޓީއަށް އެދި ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން ޗުއްޓީ ޗިޓް ދޫކުރުން އަދި އެކަން ޔައުމިއްޔާ ލިޔުއްވާ މުވައްޒަފަށް މަޢްލޫމާތަށްޓަކައި އެންގުން.ފާއިތުވި މަހުގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯރޑް ހިނގާ މަހުގެ 20 ގެ ކުރިން ފުރިހަމަކޮށް ނިންމުން.ޗުއްޓީ ހަމަވުމުން ވަޒީފާއަށް ނުނިކުންނަވާ މުވައްޒަފުންގެ މަޢްލޫމާތު އިސްވެރިޔާއަށާއި އިދާރީ ކަންތައްތައް ބެލުމާއި ޙަވާލުވެހުރި ވެރިޔާއަށް ހުށަހަޅަމުން ގެންދިއުން.ދަރިވަރުންގެ ބެލެނިވެރިންނަށް ފޮނުވަންޖެހޭ ދެންނެވުންތަކާއި، އެންގުންތަކާއި، ނޯޓް ލިޔެ ފޮނުވުން.އެކިބައްދަލުވުންތަކުގެ ނޯޓް ތައްޔާރުކުރުންސްކޫލްގެ ކިޔަވާދިނުމާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ބޭނުންވާ ތަކެތީގެ ލިސްޓް ބަޖެޓްސެކްޝަނާއިހަވާލުކުރުން.އިދާރީ ހިންގުމާއި ކިޔަވައިދިނުމަށް ގެނެވޭ ތަކެތި ދުވަހުން ދުވަހަށް ސްޓޮކް ބާކީގައި ލިޔުން.ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި ސްޓޮކް ބާކީން އުނިކޮށް އެމުވައްޒަފަކު ލައްވާ ސޮއިކުރުވުން.ސްޓޮކް ބާކީ އަބަދުވެސް ސީދާކޮށް ބެހެއްޓުން. 
ރަސްމީ ބަޖެޓާއި ، އަދި ސްކޫލްގެ އެހެނިހެން ފައިސާއާއިބެހޭ އެންމެހައި ލިޔެ ކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ  ހޭދަކުރުމުގެ  ޤަވާޢިދުގައި  ބަޔާން  ކުރެވިފައިވާ  ގޮތުގެމަތިން ލިޔެބެލެހެއްޓުން.އިދާރީ ލިޔެ ކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް  ފޮނުވަންޖެހޭ  ރިޕޯޓްތަކުގެ ތެރެއިން  ފައިސާއާއި ބެހޭ  ރިޕޯޓްތަކާއި  ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތައް ފޮނުވުން.ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށްތަކެތި ދޫކުރުމާއި އަނބުރާގެނައުމުން އެތަކެތި ބަލައިގަނެ އެކަމާއިގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުންސަޕޯރޓް ސްޓާފުންގެ މަސައްކަތް ބެލެހެއްޓުން.   | މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
| 
'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓުފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   | މަޤާމުގެ ޝަރުޠުތައް: | 
|  | މަގާމުގެ ދާއިރާތައް | 
| 
އެޑުމިނިސްޓްރޭޝަންމެނޭޖުމަންޓްހިއުމަން ރިސޯސް މެނޭޖުމަންޓް | ތައުލީމީ ރޮނގުތައް | 
| 
ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް | ހުށަހަޅަންޖެހޭ ލިޔުންތައް:   | 
| 
މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީންމަސައްކަތުގެ ތަޖުރިބާމަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް   | ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 މާރޗް 2020 ގެ 13:00 ގެ ކުރިން، ކިނބިދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   | މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 މާރޗް 2020 ން 18 މާރޗް 2020 އާ ދެމެދު، ކިނބިދޫ ސްކޫލް ގައެވެ.   | އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | 
| މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   | ޝޯޓް ލިސްޓްކުރުން:   | 
|         މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780095 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. |   |