ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-PIDS2/1/2020/74
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 12 މާރިޗު 2020 14:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިންޖިނިއަރ - ޏ.ފުވައްމުލަކުގެ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް

ޏ.ފުވައްމުލަކުގެ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

ޕްރޮޖެކްޓް އިންޖިނިއަރ

މި މިނިސްޓްރީގެ ނަންބަރު IUL)471-PIDS2/1/2019/384) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެ މަޤާމަށް އިޢުލާން ކުރީމެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނެދަރލޭންޑްސް އެންޓަރޕްރައިސް އެޖެންސީ އަދި ކުވެއިތް ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެހީގެ ދަށުން ކުރިއަށްގެންދާ " ކޯސްޓަލް ޕްރޮޓެކްޝަން އެޓް ޏ.ފުވައްމުލައް" މަޝްރޫޢުގެ މަސައްކަތްތައް ކޯޑިނޭޓްކުރުމަށް ޕްރޮޖެކްޓް އިންޖިނިއަރ އެއް ހޯދުމަށް ބޭނުންވެއެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 12 މާރޗް 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް:[email protected]

މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

[email protected]

27 ފެބުރުވަރީ 2020