ޢާންމު މަޢުލޫމާތު
ނަންބަރު: GS52/IUL/2020/011
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 10 މާރިޗު 2020 12:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރު:

J-265675

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލް، ލ. ގަން/ ދިވެހިރާއްޖެ

މުސާރަ:

-/5020 ރ

ސަރވިސް އެލެވަންސް:

-/1500 ރ

ސަޕޯޓިން ކޯ އެލަވަންސް 1:

-/700 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސުކޫލުގައި ބޭއްވޭ އިމްތިޙާނުތަކާއި ގުޅިގެން، ޚާއްޞަކޮށް ގައުމީފެންވަރުގެ ނުވަތަ ބައިނަލް އަގުއާމީ ފެންވަރުގެ އިމްތިޙާނުތައް ކުރިޔަށް ގެންދިޔުމަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް ސުކޫލުގެ އިސްވެރިޔާގެ ލަފާގެ މަތިން ކުރިޔަށްގެންދިޔުން. މިގޮތުން އިމްތިޙާނުތައް އޮންނަ ދުވަސްތައްކާއި، އިމްތިޙާނުތަކާއި ގުޅިގެން އެކިއެކި ތާރީޚްތަކަށް ނިންމަންޖެހޭ ކޮންމެ ކަމެއްމެ، ސުކޫލުގެ އިސްވެރިންގެ ސަމާލުކަމަށް ގެނުވައި އެފަރާތްތަކުގެ ލަފާގެ މަތިން ވަގުތައް ނިންމުން.

2- ސުކޫލުގެ އެންމެހާ ތަކެތީގެ އިންވެންޓްރީނަގާ، މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ލިޔެ ރެކޯޑްކޮށް ބެލެހެއްޓުން.

3- ސްކޫލްގެ ރަސްމީ ސްޓޮކް ބެލެހެއްޓުން.

4- ދަރިވަރުންގެ ޔުނީފޯމްކޯޑު ލިޔެބެލެހެއްޓުމާއި އެތަކެތި ހޯދުމަށް ރިކުއަސްޓް ހެދުން.

5- ސްކޫލްގެ ނޯޓިސްބޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

6-ސްކޫލް އެންރޯލްމަންޓް ކޮންމެހަމަހަކުން ހެދުން ( ސްޓެސްޓިކްސް )

7- އިމްތިހާނުތަކާއި ގުޅިގެން ދަރިވަރުން ބައިވެރިވެ، ފާސްވެފައިވާ މިންވަރު އަންގައިދޭ އެނެލައިސިސް ހެދުން.

8- އިންފޮމޭޝަން ކަލެކްޝަން، ޕާމްކާޑުގެ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވުން.

9- ދަރިވަރުންގެ ސްޓޭޝަނީ ވައުޗަރތައް ތައްޔާރުކުރުމާއިއެކު ދަރިވަރުންނަށް ދޫކުރުން.

10- ސްކޫލްހެ ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

11- އޮފީސްހުޅުވުމާއި ލެއްޕުން / އޮފީސް ހުޅުވަންޖެހޭ ދުވަސްތަކުގައި ޤަވާއިދުން އޮފީހާއި ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ހުޅުވުމުގެ އިންތިޒާމް ހަމަޖެއްސުން.

12-  އޯލެވެލް / އަދި އޭލެވެލް ސެންޓަރުގެ ނަތީޖާތައް ގަވާއިދުންފައިލްކޮށް ބެލެހެއްޓުމާއި، އެއްވެސް މަޢުލޫމާތެއް ލީޑިންގ ޓީޗަރުން ނުވަތަ ސްކޫލްގެ ވެރިއަގު ބޭނުންވެލައްވާނަމަ މުވައްޒަފުންގެ ސީދާ ބެލެމުގެ ދަށުން އެއެއްޗެއް ހަވާލުކުރުން. އަދި އެފަދަ ފައިލްތައް ރައްކަތެރި ތަނެއްގައި ބެހެއްޓުން.

13-  ސުކޫލުގެ މުދަލާއި ތަކެތި ތަފާތު ބޭނުންތަކަށް ދޫކުރުން. ސުކޫލުގެ އެއްވެސް މުދަލެއްވެސް ދޫކުރަންވާނީ ސުކޫލުގެ އިސްވެރިޔާ ނުވަތަ އިސްވެރިޔާ ކަނޑައަޅުއްވާފަވާ ފަރާތެއްގެ އިޒުނަޔާއި އެކު ސަރުކާރުގެ މުދަލާއި ތަކެތި އެހެނިހެން ފަރާތް ތަކަށް ބޭނުން ކުރުމަށް ގެންގުޅޭ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ލިޔެ ރެކޯޑްކޮށް ނުވަތަ ނަގަން ޖެހޭ އުޖޫރައެއް ނެގުމަށް ފަހުގައެވެ.

14-  ސްކޫލުގެ އިދާރީ މަސައްކަތްތަކުގައި ބޭނުންކުރާ ފޮތްތަކާއި ފައިލްތައް ބެލެހެއްޓެނީ ރަނގަޅަށްތޯ ބަލާ ޗެކުކުރުން (މަހަކު 2 ފަހަރު)

15-  މަސައްކަތާއި ގުޅިގެންހުންނަ ލިޔެކިޔުންތައް ތަރުތީބުން ފައިލް ކުރުން.

16-  އިމްތިޙާނުތައް ނިމުމަށްފަހު އެ އިމްތިޙާނެއްގެ ނަތީޖާ އާއި ސެޓްފިކެޓްތައް ލިބުމުން ސުކޫލުގެ އިސްވެރިޔާގެ ލަފާގެ މަތިން އިމްތިހާނުތަކުގެ ނަތީޖާއާއި ސެޓްފިކެޓް ކެނޑިޑޭޓުންނަށް ދޫކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

17-  ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެޖްޒަމިނޭޝަންގެ މެއިލް ޗެކްކޮށް އެންޓްރީއަށް ހަވާލުކުރުން.

18-  ކޮންމެ ދުވަހަކު ސުކޫލުގައި ކުރިޔަށް ގެންދެވޭ ޙަރަކާތްތައް ހިމަނައިގެން  އަދި ޔައުމިއްޔާ ލިޔުމަށް ކަނޑައެޅިފައިވާ ފޯމެޓްގައި ހިމަނަންޖެހެ ބައިތައް ފުރިހަމަކޮށް ޖެހިގެން އަންނަ ދުވަހުގެ އޮފީސް ބައްދުވުމުގެ ކުރިން ޔައުމިއްޔާ ލިޔެ ސުކޫލުގެ އިސްވެރިޔާ ނުވަތަ އިސްވެރިޔާ ކަނޑައަޅުއްވާ ފަރާތަކަށް ދައްކާ ސޮއިކޮށް ފައިލް ކުރުން.

19-  ސްކޫލުގެ އިދާރީ މަސައްކަތްތަކުގައި ބޭނުންކުރާ ފޮތްތަކާއި ފައިލްތައް ބެލެހެއްޓެނީ ރަނގަޅަށްތޯ ބަލާ ޗެކުކުރުން (މަހަކު 2 ފަހަރު)

20-  ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

21-  ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ސުކޫލު މާހައުލުން ދިމާވެއްޖެނަމަ ނުވަތަ މެދުވެރިވާނެކަމަށް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ހައްލުކުރުމަށް ކަމާ ގުޅުން ހުރި ޓީޗަރުން ނުވަތަ ސުކޫލުގެ އެހެހެނިހެން އިސްފަރާތް ވާހަކަ ދައްކައިގެން ހައްލުކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ.

22-  ސެކްޝަނުގެ މަސައްކަތަށް ބޭނުންވާ ފޮތްތަކާއި ފައިލްތައް ތައްޔާރުކުރުވުން.

23-  އިދާރީ ހިންގުމާއިބެހޭ ސެކްޝަންގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން ސްކޫލުގައި ހިންގޭ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން މަސްޢޫލިއްޔަތު އުފުލާ ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް ޤަވާޢިދުން ދިނުން.

24-  އެކިއެކި ހަރަކާތްތަކާގުޅޭގޮތުން ސްކޫލުން ތައްޔާރުކުރާ ސެޓްފިކެޓާއި ހަނދާނީލިޔުން ތައްޔާރުކޮށް ބެލެހެއްޓުން އަދި ތައްޔާރުކުރަންޖެހޭ ދައުވަތުކާޑު ތައްޔާރުކުރުން.

25-  ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.

26-  އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރަންވަންވާނެއެވެ.

މަޤާމުގެ ޝަރުޠުތައް:   

1. ސާނަވީ،ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަތީ ސާނަވީ، ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮންގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާ:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1.     ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ޙަމަދު ބިން ޚާލީފާ އާލް ޘާނީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 09 މާރޗް  2020 އާއި 14 މާރޗް 2020 ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

27 ފެބުރުވަރީ 2020