ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS12/2020/03
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި:
09 މާރިޗު 2020 11:00
ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ވ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި މަދަރުސާގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށްކުރި މިމަދަރުސާގެ ނަމްބަރު: (IUL)GS12/2020/02 ( 24 ފެބުރުވަރީ 2020 ) އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރަންް ޙާޒިރުވެފައި ވަނީ އެއް ފަރާތުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލް ކޮށް ދެވަނަ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރިރަޖިސްޓްރީކުރުމުގެ ޤާނޫނުގެ( ޤާނޫންނަމްބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރިޗު 4 ބުދަ ދުވަހުގެ10:00 ގައި މި މަދަރުސާގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2020 މާރިޗު 9 ހޯމަ ދުވަހުގެ 11:00 ގައި މި މަދަރުސާގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެެއވެ.
ވ.އަތޮޅު މަދަރުސާ
މޯބައިލް: 7483852
އީ-މެ އިލް: [email protected]
3 ރަޖަބު 1441
27 ފެބުރުވަރީ 2020