ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2020/16
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 06 މާރިޗު 2020 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީ ތަކުން ފީނަގައިގެން ކުނިއުކާލުމުގެ ޚިދުމަތް ދޭ އަމިއްލަފަރާތްތައް މި ކައުންސިލްގައި ރަޖިސްޓުރީވުމަށް ފުރުސަތު ހުޅުވާލުން

1 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން މި ރަށުގައި ދިރިއުޅޭ ހުރިހާ ފަރާތް ތަކަކުންވެސް ކުނި އުކާލަންޖެހޭނީ މިރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ގައި ގާއިމު ކޮއްފައިވާ ކުނިކޮށްޓަށެވެ. އަދި މި ތާރީޚްގެ ފަހުން ރަށުގެ އެކިއެކި ތަންތަނަށް ކުނިއަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅޭނެ ވާހަކަ ދަންނަވަމެވެ. ގޭބިސީ ތަކުން ފީނަގައިގެން ކުނިއުކާލުމުގެ ޚިދުމަތް ދޭ އަމިއްލަފަރާތްތައް މި ކައުންސިލްގައި ރަޖިސްޓުރީ ނުވެ ކުނިއުކުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި އެފަދަ ފަރާތްތައް މި ކައުންސިލްގައު ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.

 ވީމާ، 6 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިހާރު މި ޚިދުމަތް ދޭ ފަރާތްތަށް މި ކައުންސިލްގައި ރަޖިސްޓްރީ ވުމަށް އަންގަވަމެވެ. ރަޖިސްޓްރީ ވުމަށް W2 ފޯމް ފުރުމަށްފަހު މި ކައުންސިލަށް ހުށައެޅުމަށް އެދެމެވެ.

27 ފެބުރުވަރީ 2020