މަސައްކަތް
ނަންބަރު: (IUL)263/263/2020/9
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 21:17
ސުންގަޑި: 11 މާރިޗު 2020 10:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޚައިރާތު މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

  މަސްޖިދުލް ޚައިރާތު މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

 ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 މާރޗް 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށްްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 05 މާރޗް 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

 އަންދާސީ ހިސާބު ހުށަހެޅުން، 11 މާރޗް 2020 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައި އޮންނެއެވެ.

 

 މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 މާރޗް 2020 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

26 ފެބުރުވަރީ 2020